ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ލެޓްސް ކޮފީއަށް ގެއްލުންދިން މައްސަލާގައި ދެމީހަކު ހައްރުކޮށްފި
ޚަބަރު

ލެޓްސް ކޮފީއަށް ގެއްލުންދިން މައްސަލާގައި ދެމީހަކު ހައްރުކޮށްފި

މމުހައްމަދު އަލީ18 ޑިސެމްބަރު 2024
ލެޓްސް ކޮފީގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލާގައި ދެމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޑިސެންބަރު ބާރަވަނަ ދުވަހު ބަޔަކު ވަނީ އެތަނަށް ވަދެ ތޫނުއެއްޗެހި ބޭނުންކޮށްގެން މުވައްޒަފުންނަށް ބިރު ދައްކައި އެތަނުގެ މުދަލަށް ގެއްލުން ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި ހައްހަރު ކޮށްފައިވަނީ ގއ. ދެއްވަދޫ، ވައިލެޓުމާގޭ، އަހުމަދު ތައުފީގާއި، ބ. ތުޅާދޫ، މީޒާން، އަސަދުﷲ ޚާތިމެވެ. މި ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ޑިސެންބަރ ސޯޅަވަނަދު ވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު