ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ވަރަށް އަވަހަށް އެމްޑީޕީއަށް ޖަވާބު ދޭނަން: ޝިފާޒު
ޚަބަރު

ވަރަށް އަވަހަށް އެމްޑީޕީއަށް ޖަވާބު ދޭނަން: ޝިފާޒު

ޟޟަމްރަތު އަހްމަދު18 ޑިސެމްބަރު 2024
ސިޔާސީ މަސައްކަތް ގުޅިގެން ކުރުމަށް އެމްޑީޕީން ދަ ޑިމޮކްރެޓްސް ޕާޓީއަށް ދިން ދައުވަތަށް ވަރަށް އަވަހަށް ރަސްމީކޮށް ޖަވާބު ދެއްވަން ތައްޔާރުވަމުންދާ ކަމަށް ޑެމްސް އިން ބުނެފިއެވެ. އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީން ދީފައިވާ ދައުވަތަށް ޖަވާބު ދިނުމަށް އެޕާޓީގެ ނެޝަނަލް ކައުންސިލްގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނޭ ކަމަށެވެ. އެބައްދަލުވުމަށްފަހު އެމްޑީޕީއަށް ޖަވާބު ދެއްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ދައުވަތާ ބެހޭގޮތުން ޕާޓީން މަޝްވަރާކޮށްފައި ނިންމި ގޮތެއް ވަރަށް އަވަހަށް އެމްޑީޕީއަށް އަންގާނަން. އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަރަށޤ އަވަހަށް ނެޝަނަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނަން އިރާދަ ކުރެއްވިއްޔާ،" ޝިފާޒު ވިދާޅުވިއެވެ. އެމްޑީޕީން ޑެމްސަށް ދައުވަތު ދީފައިވަނީ މިމަހު ފަނަރަވަނަ ދުވަހުއެވެ. އެ ދައުވަތު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ސޮއިކުރައްވައި ދަޑިމިކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ފޮނުވި ސިޓީއެއްގައެވެ.  

ގުޅުންހުރި ޚަބަރު