ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މާލޭގެ މަގުތަކުގައި ހުރި އެއްޗެހި ނަގަން އަންގައިފި
ޚަބަރު

މާލޭގެ މަގުތަކުގައި ހުރި އެއްޗެހި ނަގަން އަންގައިފި

މމުހައްމަދު އަލީ18 ޑިސެމްބަރު 2024
މާލެ ސިޓީގެ މަގުތަކުގައި ހިނގާ މީހުނާއި ދުއްވާ އުޅަނދުފަހަރަށް އުނދަގޫވާ ގޮތަށް މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިހުރި އެއްޗެހިތައް ޑިސެންބަރު 22 ވަނަދުވަހު 18:00 ގެ ކުރިން ނެގުމަށް މާލޭ ސިޓީކައުންސިލުން އަންގައިފިއެވެ. ނެގުމަށް އަންގާފައިވާ ތަކެތީގެ ތެރޭގައި ޕެލަޓާއި، ބައު ސާމާނާއި ކުންޏާއި، ކުނިވާ ބާވަތުގެ ތަކެތި ހިމެނެއެވެ. މިއެއްޗެހު ނަގަން އެންގީ އެފަދަ ސާމާނު މަގުތަކުގައި ބަހައްޓަމުންދާކަން ފާހަގަ ކުރެވިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. "މި މުއްދަތު ހަމަވާއިރު ނުނަގައިހުރި ތަކެތި، މާލެ ސިޓީ ކައުންސިލުން ނަގާނެ ކަމާއި އަދި އެ މުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަކެތި ބެހެއްޓި ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނޭ" ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އަދި އެންމެ ގިނަ އެއްގަމު އުޅަނދު ދުއްވާ ސިޓީއަށް ވުމުން، މަގު މަތީގައި ޕެލެޓާއި ކުންންޏާއި އަދި އެ ނޫންވެ ވެސް މި ފަދަ ތަކެތި ބެހެއްޓުމުން، ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އުލަނދުފަހަރަށް ދަތިވާތީ، އެކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށް ސިޓީކައުން ސިލުން ވިދާޅުވެފައިވެއެވެ. މާލެ ސިޓީގެ މޭޔަރުކަމާ، އާދަމް ޢާޒިމް ހަވާލުވެ ވަޑައިގެންނެވި ފަހުން، މި ފަދަ ގިނަ މައްސަލަތައް ޙައްލުކޮށް، މާލެ ސިޓީއަކީ އަމާން، ސާފު، ރައްކާތެރި ސިޓީއަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު