ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލަ ބަލަން ފަށައިފި
ޚަބަރު

ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލަ ބަލަން ފަށައިފި

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
ކުރީ ސަރުކާރުން ފަށާފައިވާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗުޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. މިހާތަނަށް ފެންނަންހުރި މައުލޫމާތުތަކަށް ބަލާއިރު އެޗުޑީސީން ވަނީ ދެ މީހަކަށް އެއްގޯޗެއް ދީފައެވެ. އޭގެ ތެރޭގައި އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބޭ މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. މި މައްސަލާގައި އެމްޑީ ފަޒުލް ވިދާޅުވީ އެ ގޯތި ލިބިފައިވާ ދެ މީހުންގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށެވެ. އެކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވިއެވެ. މި މައްސަލާގައި އެޗުޑީސީން ހައުސިން މިނިސްޓްރީއަށް ވަނީ ޖުލައި 22 އަދި ޖުލައި 24 ގައި ސިޓީ ފޮނުވާފައެވެ. މި ސިޓީތަގެ ޖަވާބުގައި ހައުންސިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ގޯތި ލިބިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ބައެއްކަން މިނިސްޓްރީގެ ޑާޓާބޭސް އިން ނުދައްކާ ކަމަށެވެ. "އަދި ސިޓީތަކުގައި ބަޔާންކޮށްފައިވާ 20821 އާއި 20768 ނަންބަރު ގޯތިތަކަކީ މިނިސްޓްރީން މިހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ދެ ގޯތިކަމުގައި ވެސް ދެންނެވީމެވެ." މީގެ އިތުރުން އެޗުޑީސީން 400 މިލިއަން ރުފިޔާގެ ބިންދޫކޮށްފައިވާ ކަމަށް ވެއެވެ. އެއީ 50 އަށް ވުރެ ގިނަގޯތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވެފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ފަޒުލް ވިދާޅުވެފައިވަނީ ގާނޫނާ ޚިލާފަށް އަދި އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށެވެ. ހުރިހާ ތަހުގީގުތަކަށް އެއްބާރުލެއްވުން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު