ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކޯޓުން ދީފި
ޚަބަރު

އައްމަޓީ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކޯޓުން ދީފި

އއަހުމަދު މުހައްމަދު19 ޑިސެމްބަރު 2024
ޚިޔާނާތުގެ އެތައް ދައުވާއެއް އުފުލިފައިވާ އަހުމަދު މޫސާ (އައްމަޓީ) އަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފި އެވެ. މިގޮތުން އޭނާއަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެއީ މީހަކު ޖާމިނުވާ ގޮތަށް ކަފާލާތުގެ ދަށުން ދިން ހުއްދައެކެވެ. ކްރިމިނަލް ކޯޓުން ބުނީ އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނީ ކޯޓުން ކަނޑައެޅި ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި މިކަމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާ ކަމަށް ކޯޓުން ބުންޏެވެ. އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައެވެ. އިމިގްރޭޝަނުން ފުރުމުގެ އިންތިޒާމް ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދެވޭނެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.

ގުޅުންހުރި ޚަބަރު