ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުޑަކުދިންތަކަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން އަމުރުކޮށްފި
ޚަބަރު

ކުޑަކުދިންތަކަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން އަމުރުކޮށްފި

އއަހުމަދު މުހައްމަދު19 ޑިސެމްބަރު 2024
ކުޑަކުދިންތަކަކާ މީހަކު ބެހުނު މައްސަލައެއް މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި ނިންމުން ހައިކޯޓުން  ބާތިލުކޮށްފި އެވެ. މިއީ ގދ. އަތޮޅުގެ ރަށެއްގައި ހިނގި މައްސަލައެކެވެ. މައްސަލައިގެ ތަފުސީލުތަކަށް ބަލާއިރު، 2005 ވަނަ އަހަރުން ފެށިގެން އުމުރުން 13 އަދި 14 އަހަރުގެ ދެ ކުދިންނާ މީހަކު އެކި ދުވަސްމަތިން ބެހުނު އިރު، އެކަމާ އަޅާނުލައި ހުރި މީހެއްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އެއީ ދަރިން ބެލެހެއްޓުމުގެ ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދައުވާ އާއި ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ދައުވާ އެވެ. މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބޭރުކޮށްލީ ދައުވާ ލިބޭ ފަރާތަށް ވަކީލަކު ހަމަޖެއްސުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ދިން މުއްދަތުގައި ވަކީލަކު ހަމަނުޖެހުމުންނެވެ. އެހެންނަމަވެސް ހައިކޯޓުން ބުނީ މިއީ ގާނޫނާއި ގަވާއިދުގައި ތަސައްވުރުކުރާ ހާލަތެއް ނޫން ކަމަށެވެ. ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ގުޅުންހުރި ޚަބަރު