ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެޗުޑީސީގެ އެމްޑީ މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި
ޚަބަރު

އެޗުޑީސީގެ އެމްޑީ މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާތީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ. އެޗްޑީސީ އެމްޑީ ކަމުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ފަޟުލް ރަޝީދާމެދު ފިޔަވަޅު އަޅަން އެމްޑީޕީން ސަރުކާރަށް ގޮވާލީ  އެ ޕާޓީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށައިފައިވާ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް އެޗްޑީސީން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ. މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެކެވެ." އެމްޑީޕީން ބުނެފައިވަނީ މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތެއް ނޫންކަމަށެވެ. އެހެންކަމުން މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް އެ ޕާޓީން ވަނީ ގޮވާލއިފައެވެ. "ހަމަ އެހެންމެ. މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި "ބިންވެރިޔާ" ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." "އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާކަން ހިތާމައާއެކު މި ޕާޓީން ފާހަގަކުރަމެވެ. ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން މި ފުރުސަތުގައި އެމްޑީޕީން އެދެމެވެ." އެމްޑީޕީން ބުނެފައިވަނީ ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށެވެ.  

ގުޅުންހުރި ޚަބަރު