ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެޗުޑީސީގެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ސިޓީއެއް
ޚަބަރު

އެޗުޑީސީގެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ސިޓީއެއް

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
އެޗުޑީސީން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. އެސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެޗުޑީސީން މިހާތަނަށް އުސޫލުން ބޭރުން ފަންސާހަށްވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށެވެ. އެ ގޯތިތަކުގެ އަގު  400 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މި މުއާމަލާތަކީ ދައުލަތަށް އެއްވެސް މަންފާއެއްނެތް ގޮތަށް ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކާފައިވާ މުއާމަލާތެއް ކަމުން މިކަން ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށްވެސް ކުޑޫ ވިދާޅުވެފައިވެއެވެ. އެހެންކަމުން "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް އެޗުޑީސީން، ހުޅުމާލެއިން ގޯތި ދީފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދޭކަމަށެވެ. އެއީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަން ހިނގިޔަނުދިނުމަށް ކުރަންޖެހޭ ކަމެއްކަމަށް ވެސް ކުޑޫ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު