ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފަޟުލް ހިމެނޭ ގޮތަށް އެޗުޑީސީގެ ބޯޑު ސަސްޕެންޑް ކޮށްފި
ޚަބަރު

ފަޟުލް ހިމެނޭ ގޮތަށް އެޗުޑީސީގެ ބޯޑު ސަސްޕެންޑް ކޮށްފި

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
އެޗުޑީސީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ ކުރަމުންދާ ތަހުގީގަށް ޖާގަ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެކުންފުނީގެ ސީއީއޯ އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ އެބޯޑުން ވަކިގޮތެއް އަންގަން ދެން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވެސް މިއަދުން ފެށިގެން އޮފީހަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އިއްޔެއިން ފެށިގެން ފުލުހުން ވަނީ އެޗުޑީސީއަށް ވަދެ ތަހުގީގެއް ހިންގަން ފަށައިފައެވެ. އެއީ އުސޫލުން ބޭރުން ބައެއް މީހުންނަށް ގޯތި ދީފައިވާ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ފަށާފައިވާ ތަހުގީގެކެވެ. އުސޫލުން ބޭރުން ގޯއްޗެއް ދީފައިވާ މީހުންގެ ތެރޭގައި ފަޟުލްގެ ބޭބެ ފަޟީލް ހިމެނެއެވެ.

ގުޅުންހުރި ޚަބަރު