ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ކަންބޮޑުވުންތައް ޑެމްސާ ހިއްސާކޮށްފި
ޚަބަރު

މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ކަންބޮޑުވުންތައް ޑެމްސާ ހިއްސާކޮށްފި

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
މާލޭ ރަށްވެހިންގެ ޖަމިއްޔާއާއި، އެ ޖަމިއްޔާއާއި ގުޅިފައިވާ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުގެ ރަށްވެހިން ތަމްސީލު ކުރާ ޖަމިއްޔާތަކުގެ އެކްޒެކެޓިވް ކޮމިޓީތަކުގެ މެމްބަރުން ދަ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރޝިޕާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދު ކަމުގައިވާ، ކުރީގެ ސަރުކާރުން ގޯތި ނުވަތަ ފްލެޓް ލިބޭނެކަމަށް ލިޔުންދީފައިވާ އެއްވެސް ފަރާތެއް އުނިކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް އެތަނަކުން އެމިންގަނޑަކަށް ލިބޭނެކަމަށް ކަށަވަރުކުރުމަށްޓަކައި، އެ ޕާޓީއާއި އެ ޖަމިއްޔާތައް އެކުގައި މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށް އެއްބަސްވެފައެވެ. މި ބައްދަލުވުން އޮތީ އަންގާރަ ދުވަހުގެރޭ 8:30 ގައި ޑިމްކްރެޓްސް ޕާޓީގެ އޮފީހުގައެވެ. ޑެމްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މި ޖަމިއްޔާ ތަކުން އެންބޮޑަށް ފާހަގަކޮށްފައިވަނީ ސަރުކާރުން ފުލެޓު ނުދީ ލަސްކުރަމުންދާ މައްސަލަ ކަމަށެވެ. އޭސީސީން މައްސަލަތައް ނިންމުމަށްފަހު ވެސް ހައުސިން މިނިސްޓްރީން ފުލެޓު ނުދީ ހިފެހެއްޓުމަކީ ސަރުކާރަށް އޮތް އިތުބާރު ގެއްލިގެން ދިޔަކަމެއް ކަމަށް ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ. "ހަފްތާ ނިމޭދުވަހު ފުލެޓުތައް ހަވާލުކުރާނޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި. އެކަމަކު އަދިވެސް އެކަމަށް އަމަލީ ސިފައެއް ނާންނަކަން އެމީހުން ފާހަގަކުރި. ވެދާނެ އަދި އެފަހުން ހަފްތާ ނުނިމެނީ ކަމަށް،" ޖަމިއްޔާތަކާ ހަވާލާދީ ޝިފާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑެމްސް މެދުވެރިވެގެން އެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަން މަސައްކަތް ކުރާނޭ ކަމަށެވެ. "ސަރުކާރުގެ މައްޗަށް އެއްވެސް އިތުބާރެއް މިހާރު ނެތްކަމަށް ވެސް އެމީހުން ފާހަގަކުރި،" ޝިފާޒު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު