ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވައްކަމާއި ފަސާދައަކީ މިސަރުކާރު ހިންމުގެ ވައްޓަފާޅި: ޑެމްސް
ޚަބަރު

ވައްކަމާއި ފަސާދައަކީ މިސަރުކާރު ހިންމުގެ ވައްޓަފާޅި: ޑެމްސް

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
ވައްކަމާއި ފަސާދައަކީ މިސަރުކާރު ހިންގުމުގެ ވައްޓަފާޅި ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެޗުޑީސީން އުސޫލުން ބޭރުން ހުޅުމާލެއިން ވަގަށް ގޯތި ކަނޑައި ދޫކޮށްފައިވާ މައްސަލާގައި ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނެފައިވަނީ "ސަރުކާރުގެ ޒިންމާދާރު އިސް މަގާމްތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ބޭބޭފުޅުންނާ މެދު ތަކުރާރުކޮށް އާންމުކޮށް އިވި ފެންނަމުން މިދާ ކަންކަމުން ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ މިސަރުކާރުގެ ހިންގުމުގެ ވަށްޓަފާޅިކަން މާބޮޑަށް މިދަނީ ސާފުވަމުންނެވެ." ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލޭސިޓީ ކައުންސިލަށް ބަދަލު ކުރުމުގައި މިސަރުކާރުން ވާތުފަޔަށް ބުރަވެ ލަސްކުރަމުންދަނީ މިފަދަ ކަންކަމަށް ކަންފަހިކުރާން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. ގޯތީގެ ސައްހަ ނޫން ލިޔުން ތައްޔާރުކޮށްގެން އިންފާރު ރާނަން އެދުނު ހިސާބުންވެސް އެއީ ބިންވެރިޔާ ސްކީމުގެ ދަށުން ހަވާލުކޮށްފައިވާ ގޯތި ނޫންކަން އެޗުޑީސީއަށް ސާފުވާނޭކަން އާންމު ވެފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް ޑެމްސް އިން ބުނެފައިވެއެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ އެޗުޑީސީގެ "އެނގުމާއި ފެނުމުގެ ތެރެއިން" ކަމަށް ވެސް ބުނެފައިވެއެވެ. މިކަން އެނގުމާއެކު ވެސް ފުލުހަށް ހުށަހަޅައި ތަހުގީގު ކުރުމުގެ ބަދަލުގައި އެޗުޑީސީން މަސައްކަތްކުރީ ސިއްރު ކުރަން ކަމަށާއި އެއީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ. މި މައްސާލާގައި ޝާމިލްވަނީ ސީދާ ރައީސް ނަން ފޮނުވައިގެން އެމްޑަބްލިޔުއެސްއީ އަށް އައްޔަން ކުރައްވާފައިވާ ޑީއެމްޑީއާއި އޭނާގެ ބޭބެ އެޗުޑީސީގެ އެމްޑީ ފަޟުލް ރަޝީދު ކަމަށްވުމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޑެމްސްއިން ވަނީ ބުނެފައެވެ. ސަރުކާރުގެ ތެރޭގައި ހިނގާ މިފަދަ ކަންކަމުގެ ތަހުގީގެއް ނުހިންގާ ކަމަށާއި އެދެވޭ ފިޔަވަޅެއްވެސް އަޅާތަން ނުފެނެއެވެ. އެހެން ކަމުން އެފަދަ މީހުން ދަނީ ބާރާއި އިޚްތިޔާރުތައް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުން ކުރަމުން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު