ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ދެ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމް ޕީޖީ އަމުރުކުރައްވައިފި
ޚަބަރު

ދެ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމް ޕީޖީ އަމުރުކުރައްވައިފި

އއަހުމަދު މުހައްމަދު19 ޑިސެމްބަރު 2024
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްބާސް ޝަރީފް އަމުރު ކުރައްވައިފިއެވެ. ޕީޖީ މިއަމުރު ކުރެއްވީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ މައްޗަށެވެ. ފުލުހުން ވިދާޅުވީ ދެ މުއައްސަސާ ގުޅިގެން ތަހުގީގެއް ހިންގަން ތައްޔާރުވަމުން ގެންދާކަމަށެވެ. މިފަދަ އަމުރެއް ޕީޖީކުރެއްވީ ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައާއި، ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްގެންނެވެ. "މި ކަމަކީ އާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވައެވެ."

ޕީޖީ އަމުރު ކުރައްވާފައިވަނީ މި ދެ ސްކީމުގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށެވެ. އެއަށްފަހު އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމަށް،  ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ހިއްސާ ކުރަމުން ގެންދިއުމަށް ވެސް ވަނީ އަމުރު ކުރައްވައިފައެވެ. ޕީޖީ އަމަރުގައި ވަނީ މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށެވެ.  

ގުޅުންހުރި ޚަބަރު