ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަންހެނެއްގެ އަތުން ފޭރެން އުޅުނު ފިރިހެނަކު ހައްޔަރު ކޮށްފި
ޚަބަރު

އަންހެނެއްގެ އަތުން ފޭރެން އުޅުނު ފިރިހެނަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ20 ޑިސެމްބަރު 2024
ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސާލާގައި ހައްޔަރު ކޮށްފައިވަނީ ވ. ފިޔަބަރި، ހަސަން އިސާމް (30އ) ކަމަށެވެ. އެ އަންހެން މީހާއަތުން އިސާމް ފޭރެން އުޅުނީ އިއްޔެގެ ވަގުތެއްގައި އެ އަންހެން މީހާ އަލިކިލެގެފާނު މަގުން ސައިކަލުގައި ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އަންހެން މީހާ އަތުން ފޭރުމަށް ދެފަހަރު އިސާމް ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެމީހާ ވަނީ ސައިކަލް ދޫކޮށްލާފައި ދުވެގޮސްފައެވެ. ބެލެވޭގޮތުގައި ފޭރެން އުޅުނީ އެމީހާގެ ކަރުގައޮ އޮތް ފަށާއި އަތުގައި އޮތް ދަބަހެވެ. އިސާމަށް ނާކާމިޔާބު ވުމުން އޭނާވަނީ އަވަހަށް ސައިކަލަށް އަރައިގެން ނައްޓާލީއެވެ. އޭނާ އިނީ ހެލްމެޓެއް ވެސް އަޅައިގެންނެނެވެ. މި ހާދިސާއަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ 17:20 ގައެވެ. އޭނާ ދުއްވި ސައިކަލް ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ގުޅުންހުރި ޚަބަރު