ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފޮރެންސިކް ތަހުލީލަކާ ނުލައި ކުރީސަރުކާރުގެ ލިޔުމެކޭ ނުބުނެވޭނެ
ޚަބަރު

ފޮރެންސިކް ތަހުލީލަކާ ނުލައި ކުރީސަރުކާރުގެ ލިޔުމެކޭ ނުބުނެވޭނެ

މމުހައްމަދު އަލީ21 ޑިސެމްބަރު 2024
މާލޭގެ ރައްޔިތންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއްވެސް މީހަކަށް އުސޫލުން ބޭރުން ލިޔުމެއް ދީފައިނުވާނޭ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ އެފަދަ ލިޔުމެއް ގަވާއިދާ ޚިލާފަށް ސިސްޓަމްތެރެއިން ވެސް ދުލެއްނުކުރެވޭނޭ ކަމަށެވެ. އެހެންކަމުން އުސޫލުން ބޭރުންވެސް އަދި ގަވާއިދުން ބޭރުންވެސް އެއްވެސް މީހަކަށް ލިޔުމެއްދީފައި ނުވާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ. އެޗުޑީސީން ދެ މީހަކަށް އެއް ގޯއްޗެއް ދެވިގެން އެ މައްސަލާގައި ޑޮކިޔުމެންޓް ފޯޖުކުރުމުގެ ތަހުގީގެއް ފެށުމަށްފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެޗުޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ ފަޒީލަށް ލިބިފައިވާ ގޯތީގެ ލިޔުމާބެހޭ ގޮތުން އޭނާއާ ސުވާލު ކުރުމުން އެއީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ބެހޭގޮތުން އަކްރަމް ވިދާޅުވީ އެގްރީމެންޓް ކަމަށް ދެއްކުމަށްޓަކައި ތައްޔާރުކުރި ލިޔުމުގެ ޑޮކިއުމެންޓާ މެދު ސުވާލު އުފެދުމުން ވެސް އެ ޑޮކިއުމެންޓްގެ ސައްހަކަން ކަށަވަރު ކުރަން ފޮރެންސިކް ތަހުލީލު ނަހަދައި އެއީ ކުރީ ސަރުކާރުން ދޫކުރި ލިޔުމެއް ކަމަށް ފުލުހުން ބުނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކަމަށެވެ. އެކަމާ ބެހޭގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ސިޔާސީ ބައްދަލުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލާގައި އެޗުޑީސީގެ އެމްޑީގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާއާއި އަކްރަމް ވެސް ހިމެނޭހެން މިހާތަނަށް ވަނީ ވިއްސަށްވުރެ ގިނަ މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ.

ގުޅުންހުރި ޚަބަރު