ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ތުހުމަތުތަކަށް އިންކާރު ކުރަމުން ފަޒުލް އިސްތިއުފާ ދެއްވައިފި
ޚަބަރު

ތުހުމަތުތަކަށް އިންކާރު ކުރަމުން ފަޒުލް އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީ22 ޑިސެމްބަރު 2024
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފަޒުލް މަގާމުން އިސްއިތިއުފާ ދެއްވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އުސޫލުން ބޭރުން އޭނާ ގޯތި ދީފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށްކޮށް ތަހުގީގު ފަށައިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލާގައި އޭނާގެ ޕާސްޕޯޓު ވެސް ވަނީ މުއްދަތެއް ނެތްގޮތަށް ހިފަހައްޓާފައެވެ. ފުލުހުން ފަށައިފައިވާ ތަހުގީގާ ބެހޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައިވަނީ ފަޒުލްގެ މައްޗަށް ތުހުމަތެއް ނުކުރާ ކަމަށެވެ. އަދި ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެއް ނުވެއެވެ. އިސްތިއުފާ ދެއްވައި ފަޒުލް ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ އެއްވެސް ކަމެއް ކޮށްފައި ނޯންނާނޭ ކަމަށެވެ. ހުރިހާކަމެއް ވެސް ކޮށްފައިވާނީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށް ވިދާޅުވެފައިވެއެވެ. އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފުރުސަތުދީ އެޗުޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފަޒުލް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ވީއެންމެ އަވަހަކަށް ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމަށެވެ. "ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމުން އަޅުގަނޑު އިސްތިއުފާދީފީމެވެ." ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު