ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފޭރިގަންނަން އުޅުނީ ފޭރުމުގެ ރެކޯޑު އޮތްމީހެއް: ފުލުހުން
ޚަބަރު

ފޭރިގަންނަން އުޅުނީ ފޭރުމުގެ ރެކޯޑު އޮތްމީހެއް: ފުލުހުން

އއަހުމަދު މުހައްމަދު22 ޑިސެމްބަރު 2024
މަގުމަތިން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން މަސައްކަތް ކުރީ ކުރިން ވެސް ފޭރުމުގެ ރެކޯޑު އޮތް މީހެއްކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ވިލިމާލެ، ފިޔަބަރި، ހަސަން އިސާމް (30 އަހަރު) އެވެ. އޭނާ ހައްޔަރު ކުރީ މި ހާދިސާ ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން ކުރި ތަހުގީގަކަށް ފަހު އެވެ. ބުރާސްފަތި ދުވަހު އަލިކިލެގެފާނު މަގުގައި ހިނގި މި ހާދިސާގައި އަންހެނަކު ދުއްވަމުން ދަނިކޮށް ފަހަތުން އައި ސައިކަލެއްގައި އިން ފިރިހެނަކު އޭނާގެ ކަރުގައި އޮތް ހާރު ފޭރިގަންނަން މަސައްކަތް ކުރި އެވެ. ނަމަވެސް ހާރު އަތުނުލެވުމުން ސައިކަލުން ފައިބައިގެން ގޮސް އަންހެން މީހާގެ ކަރުން ހާރު ނަގަން އުޅުނެވެ. އެ ވަގުތު އަންހެން މީހާ ދުވެފައި ދިޔައީއެވެ. އެތަނަށް މީހުން އެއްވާން ފެށުމުން ފަށް ފޭރެން އުޅުނު މީހާ އެތަނުން ފިލައިގެން ދިޔަ އެވެ. ފުލުހުންގެ ރިކޯޑުތަކުން ދައްކާ ގޮތުގައި އިސާމްއަކީ ކުރިން ވެސް އިތުރު މީހަކާ ގުޅިގެން ކަލާފާނު ސްކޫލު ކައިރިން ދިޔަ އަންހެނެއްގެ ވޮލެޓު ފޭރިގަތް މައްސަލައެއްގައި ހުކުމް އިއްވާފައިވާ މީހެކެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު