ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެޗުޑީސީގެ ފަނަރަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
ޚަބަރު

އެޗުޑީސީގެ ފަނަރަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އއަހުމަދު މުހައްމަދު23 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމާ ގުޅިގެން ކުރަމުންދާ ތަހުގީގަށް މަގުފަހިކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ހިމެނެ އެވެ. މި ދެ މުވައްޒަފުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑް ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިކުރި 15 މުވައްޒަފުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ. އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ވިދާޅުވީ ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ މަރުހަލާ އަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

ގުޅުންހުރި ޚަބަރު