ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށްނޫން: ރައީސް
ޚަބަރު

އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށްނޫން: ރައީސް

މމުހައްމަދު އަލީ23 ޑިސެމްބަރު 2024
ސަރުކާރުގެ އެކި މަގާމްތަކަށް މީހުން ލަނީ ވައްކަމާއި ކޮރަޕްޝަން ހިންގަން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ތެެެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށްނޫން. ކޮރަަޕްޝަން ހިނގާކަށްނޫން. ގަވާއިދާ ޚިލާފުކަމެއް ވެސް ކުރާކަށްނޫން. އޭގެބަދަލުގައ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އެނޫން ގޮތަކަށް ކަންކަން ކުރާކަމަށްވާނަމަ އަޅުގަނޑު އެމީހަކު އެތަނުން ދުރުކުރާނަން. ނޫނީ އެކަން ހުއްޓުވާނަން،" ބައެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މިއަދު ވިދާޅުވިއެވެ. ކުރިއަށްއޮތްތަނުގައި ވެސް އެމަނިކުފާނު އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. މިހާރު އެޗުޑީސީ ތެރެއިން ހިލިގެން އުޅޭ މައްސަލައާއި އެންސްޕާގެ މައްސަލައާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ނޫނިއްޔާ ގަވާއިދާ ޚިލާފަށްކުރާ ކަމެއް ހުއްޓުވުމަށް އެމަނިކުފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމަށެވެ. މިއަދާ ހަމައަށް ވެސް އެމަނިކުފާނު އަމަލު ކުރައްވާފައިވާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. "އެކިތަންތަނުގައި އެކިމީހުން އެގޮތަށް ކޮށްފައިހުރި ކަންތައްތަކުގެ މައުލޫމާތު ލިބުނީމާ، އިވުނީމާ އެކަންކަމަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައި ހުންނާނީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައާ ނުގަވާއިދުން ހިނގާ ކަންމުން ދުރުވެފައިވާ ސަރުކާރެއްގެ ގޮތުގައި ހިންގަން. އެއީ އަޅުގަނޑު ވައުދުވީ ގޮތަކީވެސް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެޗުޑީސީގެ ކުރީގެ އެމްޑީއާ ބެހޭގޮތުން އެކުންފުނީގެ ކުރީގެ ޗެއާމަން ފޮނުއްވިސިޓީ ލިބިވަޑައިގެންފައި ނުވާކަމަށެވެ.  "އެހެންވީމާ ސިޓީއެއް އަޅުގަނޑަށް ލިބި އަމަލުނުކޮށް އޮތްވާހަކައަކީ ހަގީގީ ވާހަކައެއްނޫން. އަޅުގަނޑަށް ލިބިފައެއްނެތް އެސިޓީއެއް. އަޅުގަނޑަށް ކަންކަން އެނގުނު ހިސާބުން ކޮންމެ ކަމެއްގައިވެސް ހުންނާނީ ފިޔަވަޅު އަޅާފަައި،" ރައީސް ވިދާޅުވިއެވެ. އެޗުޑީސީގެ މައްސަލަވެސް އެނގިވަޑައިގެންނެވި ހިސާބުން ހުންނާނީ ޕޮލިހަށް ދަންނަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުން މިހާރު ގެންދަވަނީ  އެބޭފުޅުންގެ ގާނޫނު ޒިންމާ އަދާކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އެއްވެސް ތަނެއްގައި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކު ހިންގަން ބޭނުންފުޅު ނުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު