ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބައްސާމަށް އިތުރު ދެ ދައުވާ އުފުލައިފި
ޚަބަރު

ބައްސާމަށް އިތުރު ދެ ދައުވާ އުފުލައިފި

އއަހުމަދު މުހައްމަދު23 ޑިސެމްބަރު 2024
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރު ދެ ދައުވާއެއް އުފުލައިފި އެވެ. ޕީޖީ އޮފީހުން ބުނީ ބައްސާމުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކަމަށެވެ. އެގޮތުން އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް ގަތުމަށް އެއްބަސްވެ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ. ޕީޖީ އޮފީހުން ބުނީ މި ހިޔާނާތުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ހޯދުމަށް އެދިފައިވާ ކަމަށެވެ. އަދި އެ ފައިސާއިން ގަނެފައިވާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ. މި މައްސަލައިގެ ކުރީކޮޅުގައި ބައްސާމުގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ދައުވާ މި އަހަރުގެ ޖަނަވަރީ 21 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ. މުހިންމު ނުކުތާތައް: އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމުގެ މައްޗަށް އިތުރު ދެ ދައުވާ އުފުލައިފި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވޭ ގެއްލުމުގެ ބަދަލާއި އެޕާޓްމަންޓްތައް ނަގައިދިނުމަށް އެދިފައިވޭ ކުރީގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ  

ގުޅުންހުރި ޚަބަރު