ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ތިން މީހުންނާއެކު ފުވައްމުލައް ކައިރިން ބޭރުގެ ޑިންގީއެއް އަތުލައިގެންފި
ޚަބަރު

ތިން މީހުންނާއެކު ފުވައްމުލައް ކައިރިން ބޭރުގެ ޑިންގީއެއް އަތުލައިގެންފި

މމުހައްމަދު އަލީ23 ޑިސެމްބަރު 2024
ސޯމާލިޔާ ބަޔަކު ކަމަށް ބެލެވޭ ތިން މީހަކު ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހުން އަތުލައިގަތީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ. އެމީހުން އަތުލައިގަތީ ޑިންގީއާމެދު ޝައްކު އުފެދުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮހެވެ. "އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ރާއްޖެއިން ބޭރުގެ، ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ތިބި،" އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި ޑިންގީ ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައިފައެވެ. މިހާރު ދަނީ މީހުންނާއި ޑިންގީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކޮށްފައެވެ. ފުލުހުން ވިދާޅުވީމިއީ ބެހިގެން އައި ބައެއް ކަމަށް ބެލެވޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު