ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ހީނާ ވަލީދު އިސްތިއުފާ ދޭންޖެހޭ: ޝިފާޒު
ޚަބަރު

ހީނާ ވަލީދު އިސްތިއުފާ ދޭންޖެހޭ: ޝިފާޒު

މމުހައްމަދު އަލީ23 ޑިސެމްބަރު 2024
ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާވަލީދު އިސްތިއުފާ ދެއްވަން ޖެހޭކަމަށް ދަ ޑިމޮކްރެޓްސް ގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "ތިންބާރު ވަކިވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމު މުޅިން ނެތިގޮސް، ދައުލަތާއި ސަރުކާރު މިއީ ވައްކަމާއި ފޭރުމުގެ ހާއްޔެއްގެ ގޮތުގައި ސިފަވާން" ފަށައިފައިވާ ކަމަށެވެ. އެހެން ކަމުން އެއީ ސްޕޯކްސް ޕާސަން ހީނާ ވަލީދު އަމިއްލަފުޅަށް ވިސްނަން ވެއްޖެ ކަމެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެހެން ކަމުން "މިވަގުތު ސަރުކާރާއި ދައުލަތުގެ ހައްގުގައި ކަމަނާ އިސްތިއުފާދެއްވަންޖެހޭ" އޭނާ ވިދާޅުވެފައިވެއެވެ. މިދުވަސްވަރަކީ އެންސްޕާއި އެޗުޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތިލަވެގެން އެކަމުގެ ތަހުގީގު ފަށައިފައިވާ ދުވަސްވަރެކެވެ.

ގުޅުންހުރި ޚަބަރު