ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ޚަބަރު

ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީ23 ޑިސެމްބަރު 2024
ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) މުއާޒު މުހައްމަދު ރަޝީދު އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވައި އޭނާ ރައީސަށް ފޮނުވި ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށްވިދާޅުވެފައިވަނީ ކުންފުނީގެ ޚަރަދު ބޮޑުވުމާއި، ދެމެހެއްޓިނިވި ގޮތެއްގައި އޮޕަރޭޝަން ފޯރުކޮށް ނުދެވޭނޭ ޙާލަތަކަށް ކުންފުނި ވެއްޓިފައިވުމުންނެވެ. އެހާލަތުގައި ކުންފުނި އޮއްވައި އޭނާ ހުރެގެން ވެސް އެކަންކަން ރަނގަޅު ކުރެވޭނޭ މަގެއްވެސް ފެންނާން ނެތުމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އޭނާ ފެނަކައިގައި ހޭދަކުރެއްވި އެއްއަހަރު ތެރޭގައި ވާނީ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންނަށް މެދުނެކެނޑި އެދެވޭ ޚިދުމަތެއް ދެއްވާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކުންފުނި ހިންގަންޖެހެނީ ލިބޭއެއްޗަކުން ކަމަށާއި އެހެންނަމަވެސް ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން އެކަން އެގޮތަށް ކުރެވެންނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކުންފުނީގެ މުވައްޒަފުން މަދުކޮށް ކަންކަން ރަނގަޅު ކުރުމަށް އިދާރާތަކުން އެއްބާރު ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެެއެވެ.

ގުޅުންހުރި ޚަބަރު