ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެޗުޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފި
ޚަބަރު

އެޗުޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފި

މމުހައްމަދު އަލީ24 ޑިސެމްބަރު 2024
އެޗުޑީސީން ފަސް ލެޕްޓޮޕެއް ވަގަށް ނަގައިގެން އެމައްސަލަ މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހަޅާފައިވަނީ އެޗުޑީސީން ކަމަށެވެ. ލެޕްޓޮޕްތައް ވަގަށް ނަގައިފައިވަނީ ފަރުކޮޅުގައިހުރި އެޗުޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިވަގުތުހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާތަނަށް ލެޕްޓޮޕްތައް ފެނިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު