ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ހުރިހާ އަތޮޅެއްގައި މަތީ ތައުލީމުގެ މަރުކަޒުތައް ގާއިމުކުރަނީ
ޚަބަރު

ހުރިހާ އަތޮޅެއްގައި މަތީ ތައުލީމުގެ މަރުކަޒުތައް ގާއިމުކުރަނީ

އއަހުމަދު މުހައްމަދު24 ޑިސެމްބަރު 2024
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ތައުލީމުގެ މަރުކަޒުތައް ގާއިމުކުރުމަށް މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ. މި މަޝްރޫއު ފަސް އަހަރު ތެރޭގައި ނިންމުމަށް ވަނީ ނިންމައިފައެވެ. މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުގައި މި މަރުކަޒުތައް ގާއިމުކުރާނެ ކަމަށެވެ. އަދި މި މަރުކަޒުތަކުގައި އަމިއްލަ ފަރާތްތަކަށްވެސް އެކި ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ފަރުމާކުރާނެ ކަމަށް ވިދާޅުވި އެވެ. މިހާރުވެސް ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފަ އެވެ. އަދި އިމާރާތުގެ މަސައްކަތް މުޅިން ނުނިމުނު ނަމަވެސް ބައެއް ޕްރޮގްރާމްތައް މިހާރުވެސް އެ ތަންތަނުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި މަރުކަޒުތަކުގައި އެ ސަރަހައްދަކަށް ބޭނުންވާ ކޯސްތައް ހިންގުމަށް ވަނީ ހަމައްޖައްސައިފައެވެ. ކިޔަވަން އަންނަ ކުދިންނަށް ތިބެވޭނެ އިންތިޒާމުވެސް އެތަނުގައި ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އިސްލާމިކް ޔުނިވަސިޓީއާއި ގައުމީ ޔުނިވަސިޓީގެ ކެމްޕަސްތައްވެސް އަތޮޅުތަކުގައި ގާއިމުކުރުމަށް ބަޖެޓުގައި ހިމަނައިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ޚަބަރު