ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ނިހާދުގެ ތަހުމަތުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުން ވެދާނެ: އެމްޑީޕީ
ޚަބަރު

ނިހާދުގެ ތަހުމަތުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުން ވެދާނެ: އެމްޑީޕީ

މމުހައްމަދު އަލީ24 ޑިސެމްބަރު 2024
އެމްޑީޕީން ރާއްޖޭގެ ރިސޯޓުތަކަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ  ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ރޭ ވިދާޅުވެއްޖެއެވެ. ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ އެހެން ވިދާޅުވުމުން އެމްޑީޕީން ވަނީ އެވާހަކަ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލައިފައިފައެވެ. ނިހާދު އެހެދީ ކަނޑައެޅިގެން ދޮގެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. "މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެކެވެ. ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ." ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނުކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އެއީ ޑެޕިޔުޓީ މިނިސްޓަރުން ތަކެއް ނުކުމެ އިންޑިއާއާ ޖައްސާލުމުން އެގައުމުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުން ލިބުނު ގެއްލުމެވެ. އެކަންއެހެން އޮއްވައި އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. "ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ."  

ގުޅުންހުރި ޚަބަރު