ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފަޒުލްގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި
ޚަބަރު

ފަޒުލްގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި

މމުހައްމަދު އަލީ24 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ ދަށުން އެޗުޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދުގެ ދިރިއުޅޭގެ ބަލައި ފާސްކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވީ އެގެއަށް ރޭ ފުލުހުން ވަދެ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެޗުޑީސީން ގެއްލިގެން އުޅުނު ފަސް ލެޕްޓޮޕްވެސް ރޭ ވަނީ ފެނިފައެވެ.

ގުޅުންހުރި ޚަބަރު