ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމްޑީޕީން އުޅޭނީ ރިސޯޓުތަކަށް ޓެރަރިސްޓް ހަމަލައެއްދޭން: ނިހާދު
ޚަބަރު

އެމްޑީޕީން އުޅޭނީ ރިސޯޓުތަކަށް ޓެރަރިސްޓް ހަމަލައެއްދޭން: ނިހާދު

މމުހައްމަދު އަލީ24 ޑިސެމްބަރު 2024
ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އަންނަ ބުރާސްފަތި ދުވަހު ދެ މިލިއަނަށް އަރާނޭ ކަމަށާއި އެކަން އެގޮތަށް ވިޔަނުދޭން ވެގެން "ޓޫރިޒަމް ފުނޑާލަން" އެމްޑީޕީން ރިސޯޓުތަކަށް ޓެރަރިސްޓު ހަމަލައެއް ދޭން އުޅޭ ކަމަށް ކުރީގެ އެމްޕީ އަދި މިހާރު ސްޓޭޓު މިނިސްޓަރ އޮފް ޓޫރިޒަމް، މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު މިހެން ވިދާޅުވުމުން އެނާއާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ވަނީ ގޮވާލަން ފަށައިފައެވެ. ނިހާދު ރޭ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ދެ މިލިއަން ފަތުރުވެރިން ހަމަކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީން ވަނީ ނިހާދުގެ އެމައްސަލަ ބަލަން ގޮވާލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިހާރުވަނީ ނިހާދު ސަސްޕެންޑް ކޮށްފައެވެ. ބައެއް ނޫސްތަކުގައި ވެސް އެވާހަކަ ވަނީ ރިޕޯޓުކޮށްފައެވެ.  

ގުޅުންހުރި ޚަބަރު