ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވޭޕް މަނާކުރުމަށްފަހު ނުވާ މީހަކު ޖޫރިމަނާކޮށްފި
ޚަބަރު

ވޭޕް މަނާކުރުމަށްފަހު ނުވާ މީހަކު ޖޫރިމަނާކޮށްފި

އއަހުމަދު މުހައްމަދު25 ޑިސެމްބަރު 2024
ރާއްޖޭގައި ވޭޕް މަނާކުރުމަށްފަހު މިހާތަނަށް 9 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ޖޫރިމަނާތަކުގެ ޖުމުލަ އަދަދަކީ 50،000 ރުފިޔާއެވެ. ފުލުހުން ދިން މައުލޫމާތުގައި، ސައިކަލު ދުއްވަމުން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރި މީހަކު ވަނީ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މި ޖޫރިމަނާ ކުރެވިފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ އެއްގޮތަށެވެ. ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކާ މީހުން 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހިލޭ ވެސް ވޭޕެއް ދީފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، އަދި ދުންފަތުގެ އިސްތިއުމާލު ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް 1676 ނަންބަރުގެ ހޮޓްލައިނެއް ވަނީ ތައާރަފުކޮށްފައެވެ.

ގުޅުންހުރި ޚަބަރު