ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ވީއައީއޭގައި ހަމަނުޖެހުމެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި
ޚަބަރު

ވީއައީއޭގައި ހަމަނުޖެހުމެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

މމުހައްމަދު އަލީ25 ޑިސެމްބަރު 2024
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތެރޭގައި މިއަދު ހަމަނުޖެހުމެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:15 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި ފުލުހުން ދަނީ އެއާޕޯޓުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވިދާޅުވީ މި ހަ މަނުޖެހުން ހިންގާފައިވަނީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ސްރީލަންކާބައެއްގެ މެދުގައި ކަމަށެވެ. އެކަން ހިނގާފައި ވަނީ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އެތަނުން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު