ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަނދާނީ ސުކޫތުގައި ރައީސް ޑރ. މުއިއްޒު
ޚަބަރު

ހަނދާނީ ސުކޫތުގައި ރައީސް ޑރ. މުއިއްޒު

މމުހައްމަދު އަލީ26 ޑިސެމްބަރު 2024
މިއަދަކީ ރާއްޖެއަށް ސުނާމީ އެރިތާ ވިހިއަހަރު ފުރުނު ދުވަހެވެ. ރާއްޖެއަށް ސުނާމީ އެރިކަން ރެކޯޑު ކުރެވިފައިވަނީ 2004 ވަނަ އަހަރު ޑިސެންބަރު ސައްބީސް ވަނަ ދުވަހު ހެނދުނު 9:23 ގައެވެ. އެދުވަހުގެ ކާރިސާގައި ރާއްޖެއިން ނިޔާވެގެން ދިޔަ މީހުންގެ ހަނދާންތައް އައުކުރުމާއި އެދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމަށް އެފަހުން ކޮންމެ އަހަރެއްގެ ޑިސެންބަރު 26 ފާހަގަ ކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަދު ހެނދުނު 9:23 ގައި ވަނީ އެދުވަހު ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ބާއްވައިފައެވެ. ހިމޭންކަމުގެ އެސުކޫތުގައި ރައީސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. "ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ." ސުނާމީ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ ނޭދެވޭ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވިއެވެ. 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. 15000 މީހުންގެ ގެދޮރު ގެއްލުނެވެ.  

ގުޅުންހުރި ޚަބަރު