ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސްރީލަންކާގެ ރައްޔިތުންގެ ބަންދަށް ތިރީސް ދުވަސް އިތުރުކޮށްފި
ޚަބަރު

ސްރީލަންކާގެ ރައްޔިތުންގެ ބަންދަށް ތިރީސް ދުވަސް އިތުރުކޮށްފި

އއަހުމަދު މުހައްމަދު26 ޑިސެމްބަރު 2024
ރާއްޖޭގެ ސަރަހައްދުން 468 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ސްރީލަންކާގެ ފަސް ރައްޔިތުންގެ ބަންދު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ހދ. މަކުނުދޫ ސަރަހައްދުން ފުލުހުން އަތުލައިގަތް "އަށެންޕުތަ" ނަމަކަށް ކިޔާ މަސްބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯގެ ކްރިސްޓަލް މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ. މި މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރޭގައި 21 އަހަރާއި 56 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުން ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިހުން ގުޅިގެން ކުރިއަށް ގެންދެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުން ފުރަތަމަ ބަންދުކުރީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ. އެއަށްފަހު އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު