ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފުލުހުން ވަޑައިގެންނެވީތީ ނިކަން އުފާވެއްޖެ: މޫކޭ
ޚަބަރު

ފުލުހުން ވަޑައިގެންނެވީތީ ނިކަން އުފާވެއްޖެ: މޫކޭ

މމުހައްމަދު އަލީ27 ޑިސެމްބަރު 2024
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާއަލިމަނިކު (މޫކޭ) ދިރިއުޅުއްވާގެެ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ބަލައި ފާސްކޮށްފިއެވެ. އެއަށްފަހު އެގެއިންވަނީ ފުލުހުން ކުރަމުންދާ ތހުގީގަކަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އޭގެ ކުރިން ފުލުހުން ވަނީ އާރުޑީސީއަށް ގޮސް އެތަނުން ބައެއް ލިޔެކިޔުންތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޫކޭ އުޅޭ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ދިޔުމުން ރޭ ފަތިހު ފަސްގަޑިބައިގައި މޫކޭ ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ " ދަންވަރަށް ފާޅުވާ ކޯޓް އަމުރަކާއެކު ތިޖޫރީއާ ޕެޓީކޭޝް ކޮޅު ހޯދަން ފުލުހުން ވަޑައިގެންނެވީތީ އަޅުގަނޑު ނިކަން އުފާވެއްޖެ،" ކަމަށެވެ. އޭގެ ކުރިން އޭނާ ވާނީ މައްސަލަ ބަލައިދޭން ކިޔާ އާދާސްކޮށްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެނަމަވެސް ގޯތި ވައްކަން އޮއްބާލުމުގެ ނިޔަތުގައި ކަމަށްވިޔަސް މައްސަލަ ބަލަން ފެށުމުން އުފާކުރައްވާ ކަމަށެވެ. "ދެރަވީ ތިޖޫރީ ކޮނޑަށް ޖަހާލައިގެން ޕެޓީކޭޝް ކޮޅު ގޯނިތަކުގައި ނުގެންދެވީމައި،" މޫކޭ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު