ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ތަހުގީގަށް އައި އިންޑިއާގެ ޚާއްސަ ޓީމް ފުރައިފި
ޚަބަރު

ތަހުގީގަށް އައި އިންޑިއާގެ ޚާއްސަ ޓީމް ފުރައިފި

މމުހައްމަދު އަލީ28 ޑިސެމްބަރު 2024
މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންދިޔަ ދިވެހި ފުލުހުންގެ ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ޑިސެެންބަރު ބާވީސް ވަނަ ދުުވަހު ފުރައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. "އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައެވެ. މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެއެވެ." ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ. ފުލުހުން ފޯރުކޮށްދިން މައުލޫމާތުތަކާއި ތަކެތި ދިރާސާ ކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ޝިފާން ވިދާޅުވިއެވެ. ގްރީން ބިލްޑިންގުގެ އަލިފާނުގެ ހާދިސާގައި ތިން މިނިސްޓްރީއެއް ވަނީ ލިޔެކިޔުންތަކާއެކު އަނދައި ހުލިވެފައެވެ.

ގުޅުންހުރި ޚަބަރު