ދިވެހި|English 24 އޮގަސްޓު 2026 · 08:03
Top banner
Advertisement
ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ނިޔާވެއްޖެ
ޚަބަރު

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ނިޔާވެއްޖެ

މމުހައްމަދު އަލީ28 ޑިސެމްބަރު 2024
ޅަވިޔަނި އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ސްނޯކުލިންއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ނިޔާވެފައިވަނީ ޖަޕާނުގެ ފަތުރުވެރިއެކެވެ. އޭނާއަކީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހު 8:33  އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޓޮޝިއުކީ އަޑަޗީއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންވެ.

ގުޅުންހުރި ޚަބަރު