ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބިންވެރިޔާ ސްކީމްގެ ތަހުގީގަށް ސޯޅަ ފަރާތަކުން މައުލޫމާތު ދީފި
ޚަބަރު

ބިންވެރިޔާ ސްކީމްގެ ތަހުގީގަށް ސޯޅަ ފަރާތަކުން މައުލޫމާތު ދީފި

މމުހައްމަދު އަލީ29 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމާގުޅޭ ގޮތުން ފުލުހުން މިހާރު ހިންގަމުން ގެންދާ ތަހުގީގަށް މައުލޫމާތު އެއްކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ސޯޅަ ފަރާތަކުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައުލޫމާތަކީ މި މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލް މެދުވެރިކޮށް ދީފައިވާ މައުލޫމާތެވެ. މައުލޫމާތު ދީފއިވާ ޖުމުލަ 16 ފަރާތުގެތެރެއިން  4 ފަރާތަކުންވަނީ ގުޅުންހުރި ލިޔެކިޔުންތައްވެސް ހިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ހުށަހެޅުމަށް https://evidence.police.gov.mv އަށް ވަޑައިގެން ހިއްސާކުރެއްވޭނެއެވެ. "މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެއެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެއެވެ." މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ގުޅުންހުރި ޚަބަރު