ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޕީއެންސީއަށް އެއްލަކަ ހަމަކުރަން އެމްޑީޕީ މީހުން ވެސް ވައްދަނީ
ޚަބަރު

ޕީއެންސީއަށް އެއްލަކަ ހަމަކުރަން އެމްޑީޕީ މީހުން ވެސް ވައްދަނީ

މމުހައްމަދު އަލީ29 ޑިސެމްބަރު 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަސް ބުނެ އެމްޑީޕީގެ މެންބަރުންނަށް ނޭނގި އެޕާޓީގެ މީހުން ވެސް ޕީއެންސީއަށް ވައްދަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައ ބުނެފައިވަނީ އެކަން ކުރަނީ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިގެން ކަން މިކަމުން އެނގޭ ކަމަށެވެ. ސަރުކާރުން ގެންދަނީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. "މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އިލެކްޝަން ކޮމިޝަނަށް މި ޕާޓީން ގޮވާލަމެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. "އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ވަނީ ލިބިފައި ކަމަށެވެ. އެގޮތުން، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. "އެހެނިހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ވެސް އެމްޑީޕީގެ މެމްބަރުން ހިމަނާފައިވާއިރު މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް މި ޕާޓީގެ ފަރާތުން ހުށަހަޅާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ."

ގުޅުންހުރި ޚަބަރު