ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ތިމަރަފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި
ޚަބަރު

ތިމަރަފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ30 ޑިސެމްބަރު 2024
ތ. އަތޮޅު ތިމަރަފުށީގައި އިއްޔެ ހިންގި މަރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެރަށު ގެއަކަށް ވަދެ ބަޔަކު މީހުން ހިންގި މަރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފަސްމީހަކު އެރަށު ގެއަކަށް ވަދެ މަރާމާރީ ހިންގިކަން ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 13:27 އެހައިކަންހާއިރުގައެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެރަށު ޖަހާމުގުރީގެ، އަހުމަދު އަމީން (36އ) އާއި، އެރަށު، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި، ވ.ވަވަތް، މުހައްމަދު ރައޫފޫ (54އ) އާއި، ތިމަރަފުށީ، ގުލްބަކާވިލާ އަބްދުﷲ އަޝްރަފް (39އ) އާއި، އެރަށު ހިރި، އާސް އިބްރާހީމް (32އ) އެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އަބްދުﷲ އަޝްރަފާއި، އާސް އިބްރާހީމާއި، މުހައްމަދު ރައުފު 10 ދުވަހަށް ބަންދު ކުރުމަށް އަމުރުދީފައެވެ. އަހުމަދު އަމީންގެ ބަންދަށް ޖަހައިދިނީ 7 ދުވަހެވެ. އަހުމަދު ޝަހުދީގެ ބަންދަށް ޖަހައިދިނީ ފަސް ދުވަސް ކަމަށް ފުލުހުންވިދާޅިވިއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީ ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު