ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މަނަދޫ ތާރިގު ޕީއެންސީއަށް
ޚަބަރު

މަނަދޫ ތާރިގު ޕީއެންސީއަށް

މމުހައްމަދު އަލީ30 ޑިސެމްބަރު 2024
އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) އަށް އެނގިވަޑައިގަތުމަކާ ނުލައި ޕީއެންސީއަށް އޭނާ  ބަދަލުކޮށްފިއެވެ. މިމައްސަލާގައި އޭނާ ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް ސިޓީއެއް ފޮނުއްވައިފައެވެ. އެސިޓީގައި އެދިވަޑައިގެންފައިވަނީ އޭނާގެ ސޮޔާއި ފިންގަރ ޕްރިންޓާއި ޒާތީ މައުލޫމާތު އޭނާއަށް އެނގިވަޑައިގަތުމަކާ ނުލައި ބޭނުން ކޮށްގެން ޕާޓީ ބަދަލު ކޮށްފައިވާ މައްސަލަ ބައްލަވައިދެއްވުމަށެވެ. "މިކަމަކީ ޕީއެންސީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނާއި ޕީއެންސީ ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށާއި މިގޮތަށް އެތައް ބަޔަކާމެދު އަމަލުކޮށްފައިވާނޭ ކަމާމެދު އަޅުގަނޑު ތުހުމަތު ކުރަމެވެ." ތާރީގު ވިދާޅުވެފައިވެއެވެ. ތާރީގު ވިދާޅުވެފައިވަނީ އޭނާއަކީ 2005 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ މެންބަރެއް ކަމަށެވެ. އެހެނަސް 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އޭރު ޕާޓީން ވަކިކުރިއެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ފިންގަރ ޕްރިންޓު ނެތިގެންނެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ޖޫންމަހު 23 ވަނަ ދުވަހު ވާނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ކަމަށް ވިދާޅުވެފައިވެއެވެ. "އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރުމުގެ އިތުރުން އަޅުގަނޑަކީ މިހާރުވެސް އެމްޑީޕީ މަނަދޫ ދާއިރާގެ ރައީސެވެ." މިހާތަނަށް އެމްޑީޕީ ނޫން އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ކުރައްވާފައި ނުވާނޭ ކަމަށާއި ނަމަވެސް މިހިނގާ ޑިސެންބަރު މަހު 25 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާ ޕީއެންސީއަށް ބަދަލުކޮށްފައިވާކަން އެމްޑީޕީއަށް އަންގާފައި ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. ޕާޓީ ބަދަލުކޮށްފައިވާކަން ތާރިގަށް އެނގިވަޑައިގެންނެވީ އެހިސާބުންނެވެ. "ސިޔާސީ ޕާޓީތަކަށް މީހުން ވައްދަންވާނީ އެމީހުންގެ ރުހުމާއެކު. ވެރި މީހާގެ ރުހުން ހޯދަންވެސް ކޮށްގެނުވާނޭ ކަންކަން ހުންނަންވާނެ،" ސޯޝަލް މީޑިއާގައި ތާރިގު ވިދާޅުވެފައިވެއެވެ. އެމްޑީޕީން މިއަދު ވަނީ އެޕާޓީގެ އާންމުމެންބަރުންނާއި ގައުމީ މަޖިލިސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރަމުންދާ ކަމުގެ ޝަކުވާ މެންބަރުންގެ ފަރާތުން ލިބެމުންދާ ކަމަށް ބުނެފައެވެ. މިމައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދޭނޭ ކަމަށް އެޕާޓީން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު