ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފައްޔާޒަކީ ވައްކަން ކުރާނޭ މީހެއް ނޫން: އިބްރާ
ޚަބަރު

ފައްޔާޒަކީ ވައްކަން ކުރާނޭ މީހެއް ނޫން: އިބްރާ

މމުހައްމަދު އަލީ30 ޑިސެމްބަރު 2024
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާރަކީ ވައްކަން ކުރާނޭ ބޭފުޅެއް ނޫންކަމަށް ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވެފައިވަނީ އޭނާއާއި ފައްޔާޒާ ދެމެދުގައި ސިޔާސީ ކަންކަމުގައި ދެބަސްވުންތައް ހުންނަ ކަމަށެވެ. އެހެނަސް އޭނާ ވައްކަމާއި، ޚިޔާނާތްތެރިވާނޭ  ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "ސިޔާސީ ކަންކަމުގައި ފައްޔާޒުއާ އަހުރެން ދެބަސްވާ ކަންކަން ހުރެއެވެ. އެކަމަކު ވަރަށް ސާފުކޮށް ބުނަން ބޭނުމެވެ. އޭނާއަކީ ވައްކަންކުރާނޭ ޚިޔާނާތްތެރިއެއް ނޫނެވެ." އިބްރާ ވިދާޅުވެފައިވެއެވެ. އިންސާފުވެރި ޝަރީއަތަކުން ސާބިތުނުވާހައި ހިނދަކު އެކަމުގައި ފައްޔާޒު ދިފާއު ކުރައްވާނޭ ކަމަށް ފައްޔާޒުގެ ބޭބޭ ވިދާޅުވެފައިވެއެވެ. އިބްރާ މިހެން ވިދާޅުވީ މިސަރުކާރުން ފައްޔާޒުގެ މައްޗަށް ކަރަޕްޝަނާއި މިފަދަ އެތައް ކަމެއް ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

ގުޅުންހުރި ޚަބަރު