ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މިވެރިކަން ބަދަލު ކުރަން މާބޮޑަށް ވެސް ލަސްވެއްޖެ: ޝިފާޒު
ޚަބަރު

މިވެރިކަން ބަދަލު ކުރަން މާބޮޑަށް ވެސް ލަސްވެއްޖެ: ޝިފާޒު

މމުހައްމަދު އަލީ31 ޑިސެމްބަރު 2024
ރާއްޖޭގައި މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ވެރިކަން ބަދަލުކުރަން އެދޭނަމަ އެކަމާ ނުޅެންވީ ސަބަބެއް ނެތް ކަމަށެވެ. ޝިފާޒު މިހެންވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އެމްޑީޕީން އުޅުނުކަމަށް ބުނެ މިހާރު ފެތުރިފައިވާ ޚަބަރާ ގުޅިގެންނެވެ. މިވެރިކަން ވައްޓާލަން އެމްޑީޕީ ނޫނަސް ޕީއެންސީން ވެސް އަދި އުޅޭނޭ ކަމަށް ޝިފާޒު ވިދާޅުވެފައިވެއެވެ. "އަދި ޕީއެންސީން ވެސް ތިޔަކަމާއުޅޭނެ. ރައްޔިތުން އެކަމަށް އެދޭނަމަ ވެރިކަން ބަދަލުކުރަން ނޫޅޭންވީ ސަބަބެއް އެބައޮތްތޯ..!؟ އަޅުގަނޑުގެ ނަޒަރުގައި މާބޮޑަށް ވެސް ލަސްވެސް ވެއްޖެ،" ޝިފާޒު ވިދާޅުވިއެވެ. އެމްޑީޕީން މި ވެރިކަން ވައްޓާލަން އުޅުނުކަމަށް ރިޕޯޓު ކޮށްފައިވަނީ ދަ ވޮޝިންޓަން ޑީސީންނެވެ. އެ ނޫހުން ބުނެފައިވަނީ އެކަމަށް އިންޑީއާގެ އެހީތެރިކަމަށް އެމްޑީޕީން އެދުނު ކަމަށެވެ. އެކަން ކުރަން އެމްޑީޕީން އުޅޭކަން އެނގުމުން ރައީސް މުއިއްޒު ވަނީ އެމްޑީޕީގެ 13 މެންބަރަކަށް ފައިސާދީގެން ގަނެލާފައި ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ. އެއިން ކޮންމެ މެންނަރަކަށް ދެލައްކަ ޑޮލަރު ރައީސް މުއިއްޒު ޚަރަދު ކުރިކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު