ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ހަތަރު އަހަރަށްފަހު ފަންސަވީސް އަހަރުގެ ހުކުމެއް
ޚަބަރު

ހަތަރު އަހަރަށްފަހު ފަންސަވީސް އަހަރުގެ ހުކުމެއް

އއަހުމަދު މުހައްމަދު3 ޖެނުއަރީ 2025
ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މައްސަލައެއް 4 އަހަރު ފަހުން ނިމުމަކަށް އައިސްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ދައުވާ ލިބުނު ފަރާތަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. މައްސަލައިގެ ދައުވާ ލިބުނު ފަރާތަކީ އެކުއްޖާއާ ގާތް ގުޅުމެއް އޮންނަ، އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ދެ ދައުވާއެއް ކުރި ކަމަށާއި، އެ ދެ ދައުވާވެސް ސާބިތުވެފައިވާ ކަމަށެވެ. ކޯޓުން މައްސަލަ ނިންމުމުގައި ބަލާފައިވަނީ ހެކިންގެ ބަޔާންތަކާއި، އެހެނިހެން ހެކިތަކުގެ އިތުރުން ކުއްޖާގެ ބަޔާނަށެވެ. އަދި މި މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. މި މައްސަލައިގައި ދައުވާ ލިބުނު ފަރާތަށް އިއްވި 25 އަހަރުގެ ހުކުމަކީ ގާނޫނުގައި މިފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ. އަދި މި ހުކުމް ތަންފީޒުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

ގުޅުންހުރި ޚަބަރު