ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސިގިރެޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފި
ޚަބަރު

ސިގިރެޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފި

މމުހައްމަދު އަލީ3 ޖެނުއަރީ 2025
އަމިއްލައަށް ބިޑި އާއި ސިގިރެޓު ހަދަން ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ. މިތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާކަން ކަސްޓަމްސަށް އަންގާފައިވަނީ ހެލްތުމިނިސްޓްރީން ކަސްޓަމަށް ފޮނުވި ސިޓީއެއްގައެވެ. ރާއްޖޭގައި ސިގިރެޓު ފޮށްޓެއް އަގު 250 ރުފިޔާއަށް އެރުމުން އެއިން އިސްތިއުމާލުކުރާ މީހުން ފެށީ އަމިލައަށް ބިޑި ނުވަތަ ސިގިރެޓު ހަދާށެވެ. އެކަން ކުރުމަށް ދުންފަތާއި ސިގިރެޓު އޮޅާ މެޝިން އެމީހުން ބޭނުންކުރަން ފެށިއެވެ. އެއާއެލު ރާއްޖެއަށް އެބާތްވަތްތައް އެތެރެ ކުރުން އިންތިހައަށް އިތުރުވެގެންދިޔައެވެ. މި ބާވަތްތައް އެތެރެކުރުން މަނާކުރީ މިސަބަބާ ހެދި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރާއްޖޭގައި ދުންފަތާއި ދުފަތުގެ ބާވަތްތައް އުފެއްދުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ އެތަކެތި ހިފަހައްޓަން މިނިސްޓްރީން ވަނީ ކަސްޓަމްސަށް އަންގައިފައެވެ. މިދިޔަ އަހަރު ސިގިރެޓުގެ ޑިޔުޓީ ބޮޑުކުރާއެކު ގިނަމީހުން ވަނީ އަމިއްލަ ސިގިރެޓު އަނބުރައިގެން ބޯންފަށައިފައެވެ. އެކަމަށް އެ އަނބުރަން ބޭނުންކުރާ ކަރުދާހާއި، ދުންފަތާއި، ފިލްޓަރާއި، އޮޅަން ބޭނުންކުރާ ސާމާނު ބޭނުންކުރަން ފެށިއެވެ. މިއާއެކު ބައެއް މީހުން ކޮފީތަކަށް ވެސް ދަނީ މިސާމާނު ހިފައިގެންނެވެ. އެމީހުން ބުނާގޮތުގައި އެއީ ވަރަށް ޚަރަދުކުޑަ ގޮތެކެވެ. ކަރުދާސް އޮޅަން ބޭނުންކުރާ އެއްޗެއް ނުވަދިހަވަރަކަށް ލިބެއެވެ. އޭގެ އެއްޗެއް އެއްފަހަރު ގަތުމަށްފަހު ދެން އެގަންނާކަށް ނުޖެހެއެވެ. ދެން ގަންނަން ޖެހެނީ ދުންފަތާއި ކަރުދާހާއި ފިލްޓަރެވެ. އެހެންކަމުން 250 ރުފިޔާއަށް ސިގިރެޓު ފޮށްޓެއް ގަތުމަށްވުރެ އަމިއްލައަށް ބިޑިހެދުން މާރަނގަޅު ކަމަށް އެމީހުން ބުނެއެވެ.  

ގުޅުންހުރި ޚަބަރު