ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ގެއްލުދޭ އެއްޗެއް މަނާކުރުމުގައި ވެސް އަދުލުވެރިވާންޖެހޭ: އަލީ ހުސައިން
ޚަބަރު

ގެއްލުދޭ އެއްޗެއް މަނާކުރުމުގައި ވެސް އަދުލުވެރިވާންޖެހޭ: އަލީ ހުސައިން

މމުހައްމަދު އަލީ3 ޖެނުއަރީ 2025
ރައްޔިތުންގެ ސިއްހަތް ސަލާމަތް ކުރުމުގެ ގޮތުން އެއްޗެއް އެތެރެކުރުން މަނާ ކުރާކަމަށްވާނަމަ އެކަމުގައި ވެސް އަދުލުވެރިވާން ޖެހޭކަމަށް ކެންދޫ ދާއިރާގެ ކުރީގެ  މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އަމިއްލައަށް ސިގިރެޓު އުފެއްދުމަށް ބޭނުން ކުރާ ސާމާނު ރާއްޖެއަށް އެތެރެކުރުން މަނާކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. "ސިއްޙަތަށް ބަލައިގެން އެއްޗެހި އެތެރެކުރުން މަނާކޮށް ހުއްޓުވާނަމަ އެ ކަމުގައިވެސް އިންސާފުވެރި އަދުލުވެރިގޮތް އިޚުތިޔާރުކުރަންވާނެ،" އަލީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ސިއްހަތަށް ގެއްލުންދޭ  އެއްބާވަތެއް މަނާކޮށް އަނެއްބާވަތެއް ހުއްދަކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ. އެހެން ހެދުމުން "އާބިޓްރަރީ ނިންމުންތަކުގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުވާނެ،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު