ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު: މާލޭ މޭޔަރު
ޚަބަރު

އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު: މާލޭ މޭޔަރު

މމުހައްމަދު އަލީ5 ޖެނުއަރީ 2025
އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދިރާސީ އަހަރުގެ ފަހު ޓާމުގެ ކިޔެވުން މިއަދު ފެށުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ "ހަނދާން ބަހައްޓަންވީ، އުޖާލާ މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމު ކަމެވެ." އާޒިމް ވިދާޅުވީ މިއަދަކީ ޗުއްޓީގެ އުފާވެރި ދުވަސްތަކަކަށް ފަހު، އަނެއްކާވެސް "ސުކޫލުތަކުގެ ދޮރުތައް ހުޅުވާލައި އުނގެނުމާއި ދަސްކުރުމުގެ ދުވަސްތައް އަލުން ފަށައިގަންނަން" ތައްޔާރުވާންވީ ދުވަސް ކަމަށެވެ. އެހެން ކަމުން ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރަންވީ ކާމިޔާބީ ހާސިލް ކުރަން ކަމަށް މޭޔަރު ވިދާޅުވެފައިވެއެވެ. "ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، މިއީ ދިރާސީ އަހަރެއް ނިމޭ އެންމެ ފަހު ޓަރމް ކަމަށްވުމާއެކު، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކާމިޔާބީ ހާސިލުކުރުމަށެވެ."  

ގުޅުންހުރި ޚަބަރު