ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ގުޅީ ރައްޔިތުން ބޭނުންވާ ކަންކަން ރައީސަށް ދަންނަވައިފި
ޚަބަރު

ގުޅީ ރައްޔިތުން ބޭނުންވާ ކަންކަން ރައީސަށް ދަންނަވައިފި

މމުހައްމަދު އަލީ5 ޖެނުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، މާލެއަތޮޅު ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ހަވީރު ބައްދަލު ކުރައްވައިފިއެވެ. ގުޅީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ ރަށަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ ރައީސަށް ދަންނަވާފައެވެ. އެގޮތުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ހިމެނެއެވެ.  ރަށުގައި އައު ކައުންސިލް އިދާރާއެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ. އެކަމަށްޓަކައި ކައުންސިލުންވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ ގުޅީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ ވާހަކަ ވެސް ރައީސަށް ދަންވާފައެވެ. އެހެންކަމުން އެރަށުގެ  ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ވާހަކަވެސް ކައުންސިލަރުން ރައީސަށް ދެންނެވިއެވެ. ރަށުގެ ސިއްހީ މަރުކަޒުގެ މުވައްޒަފުން މަދުކަމާއި ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ވާހަކަވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވައިފައވެ. މި ބައްދަލުކުރެއްވުމުގައި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަމުގެ ވާހަކަ ރައީސާ ހިއްސާ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ގުޅީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރައްވައިފިއެވެ.  

ގުޅުންހުރި ޚަބަރު