ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާގައު ފެތުރޭ ބަލިތަކުގެ ސަބަބުން ކުއްލި ހާލަތެއްނެތް: އެޗުޕީއޭ
ޚަބަރު

ޗައިނާގައު ފެތުރޭ ބަލިތަކުގެ ސަބަބުން ކުއްލި ހާލަތެއްނެތް: އެޗުޕީއޭ

އއަހުމަދު މުހައްމަދު6 ޖެނުއަރީ 2025
ޗައިނާގައި ފެތުރެމުންދާ ބަލިތަކާ ގުޅިގެން ކުއްލި ހާލަތެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. ޗައިނާގައި މިވަގުތު ފެތުރެމުންދާ ބަލިތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ އެއީ ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ދިމާވާ ކަމެއް ކަމަށެވެ. އަދި އެ ގައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގައި ވެސް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެދާނެ ދުވަސްވަރެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއީ އުމްރާއިންނާއި އެހެނިހެން ސަރަހައްދުތަކަށް ދަތުރުކުރާ މީހުން ގިނަ ދުވަސްވަރަކަށް ވާތީ ދިމާވެގެން އުޅޭކަމެއް ކަމަށް އެތަނުން ލަފާކުރެއެވެ. މި ކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުން އާންމު ތަންތަނަށް ނުކުންނައިރު މާސްކް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ޒިޔާރަތް ނުކުރުމަށް ވެސް އެދިފައިވެއެވެ. އެޗްޕީއޭއިން އިތުރަށް ބުނީ ނޭވާލަން އުނދަގޫވުމާއި، މޭގައި ރިއްސުން، އަދި އާދަޔާ ހިލާފަށް ވަރުބަލިވުން ފަދަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ.

ގުޅުންހުރި ޚަބަރު