ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އީސީ ހިންގަނީ ޕީއެންސީއިންތޯ ވިދާޅުވެ ތާރިގުގެ ސުވާލެއް!
ޚަބަރު

އީސީ ހިންގަނީ ޕީއެންސީއިންތޯ ވިދާޅުވެ ތާރިގުގެ ސުވާލެއް!

މމުހައްމަދު އަލީ6 ޖެނުއަރީ 2025
އިލެކްޝަންސް ކޮމިޝަން ހިންގަނީ ޕީއެންސީއިންތޯ، ވިދާޅުވެ ކުރީގެ ސްޓޭޓު މިނިސްޓަރ އަދި އެމްޑީޕީގެ މަނަދޫ ދާއިރާގެ މިހާރުގެ ރައީސް، މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) ސުވާލު ކުރައްވައިފިއެވެ. އޭނާ ޕީއެންސީގެ މެންބަރަކަށް ހެދުމަށް ބޮޑެތި އޮޅުވާލުންތައް ހިމެނޭ މެންބަރޝިޕް ފޯމެއް އޭނާ ވަނީ ސޯޝަލްމީޑިއާއަށް ދޫކޮށްފައެވެ. އޭގައި އޭނާގެ ފޮޓޯއާއި ސޮޔާއި، މަންމަގެ މައުލޫމާތު ވެސް ވަނީ ނުބައިކޮށް ކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ. "ކަނޑައެޅިގެން އަޅުގަނޑުގެ ފޮޓޯ ނޫންކަން އެނގޭވަރު ތަފާތު އެހެން މީހެއްގެ ފޮޓޯ ޖަހާފައި، ކިރިޔާ ބަލާލިޔަސް އަޅުގަނޑުގެ ސޮއި ނޫންކަން އެނގޭވަރު ތަފާތު ސޮޔެއް ކޮށްފައި، އަޅުގަނޑުގެ މަންމަގެ މައުލޫމާތުވެސް ގޯސްކޮށް ލިޔެފައި، ކޮންމެވެސް މީހެއްގެ ފިންގަރ ޕްރިންޓު ޖަހާފައި އަޅުގަނޑުގެ ނަމުގައި ޕީއެންސީން ފޯމު ހުށަހެޅީމާ އިލެކްޝަނުން ބަލާލުމެއްނެތި ގަބޫލުކޮށް އަމަލުކުރުމުން އުފެދޭ ސުވާލަކީ އެ މުއައްސަސާ ހިންގަނީ ޕީއެންސީންތޯ؟" އޭނާ ސުވާލު ކުރައްވާފައިވެއެވެ. މީގެ ކުރީން އޭނާވަނީ އެނގުމަކާ ނުލައި އޭނާ ޕީއެންސީއަށް ވެއްދި މައްސަލަ ބަލައިދިނުމަށް އެދި ޕޮލިހަށް މައްސަލަ ހުށަހަޅައިފައެވެ. އޭނާ ވިދާޅުވެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީ ނޫން ޕާޓީއަކަށް ސޮއިކުރައްވާފައި ނުވާނޭ ކަމަށެވެ.  

ގުޅުންހުރި ޚަބަރު