ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މުއައްސަސާތައް އެކަށައަޅުއްވާފައިވަނީ ރައީސަށް ވައްކަން ކޮށްދޭކަށްނޫން: ޝިފާޒު
ޚަބަރު

މުއައްސަސާތައް އެކަށައަޅުއްވާފައިވަނީ ރައީސަށް ވައްކަން ކޮށްދޭކަށްނޫން: ޝިފާޒު

މމުހައްމަދު އަލީ6 ޖެނުއަރީ 2025
ގާނޫނު އަސާސީގައި މުއައްސަސާތައް އެކަށައަޅުއްވާފައިވަނީ ރައީސުލް ޖުމުހޫރިއްޔާއަށް ވައްކަން ކޮށްދޭން ނޫންކަމަށް ދަ ޑިމިކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. ޝިފާޒު މިހެން ވިދާޅުވީ އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައިވާ މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ތާރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވެއްދި މައްސަލަ ބަލައި ތަހުގީގުކޮށް ދިނުމަށް އޭނާ ވަނީ މިދިޔަ ޑިސެންބަރު 26 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރަށް ސިޓީއެއް ފޮނުވައިފައެވެ. އެފަހުން އޭނާ ވަނީ ޕީއެންސީއަށް އޭނާ ވެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމް އެތަނުން ހޯދައި ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އެ ފޯމު ޖެނުއަރީ 5 ގައި ވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އެއަށްފަހު އެ ފޯމުގައިހުރި މައްސަލަތައް ބަލައިދިނުމަށް އޭނާ ވަނީ ޖަނަވަރީ 6 ގައި ޕޮލިސް ކޮމިޝަނަރަށް ސިޓީއެއް ފޮނުވައިފައެވެ. އެސިޓީގައި ތާރިގު އެދިވަޑައިގެންފައިވަނީ އެ ފޯމުގައި ވަނީ އޭނާގެ ފޯޓު ނޫންކަމަށާއި އެހެންވީމާ އެއީ ކާކުގެ ފޮޓޯއެއްކަން އޭނާއަށް ލިޔުމުން އަންގައި ދިނުމަށެވެ. އަދި އޭގައިވަނީ އޭނާގެ ފިންގަރ ޕްރިންޓު ނޫންކަމަށާއި އެހެންވީމާ އެއީ ކާކުގެ ފިންގަރޕްރިންޓުކަން ލިޔުމުން އަންގައި ދިނުމަށް އެދިފައިވެއެވެ. އޭގެ އިތުރުން އޭގައި ވަނީ އޭނާގެ ސޮއިނޫން ކަމަށާއި އެހެންވީމާ އެއީ ކާކުގެ ސޮއިކަން އަންގައި ދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތުރުން ހެކިންގެ ގޮތުގައި ނަންޖަހައި ސޮއިކޮށްފައިވާ ދެ މީހުންގެ ސޮޔަކީ ކޮންބައެއްގެ ސޮއިކަމާއި، އަދި ފިންގަރ ޕްރިންޓުގެ ގޮތުގައި ޖަހާފައިވަނީ ހެކީންގެ ފިންގަރޕްރިންޓުތޯ ނުވަތަ ނޫންތޯ ލިޔުމުން އަންގައި ދިނުމަށް ސިޓީގައި އެދިފައިވެއެވެ. ތާރިގު ވިދާޅުވެފައިވަނީ އޭނާ ޕީއެންސީއަށް ވެއްދުމަށް ހުށަހަޅާފައިވާ ފޯމުގައި ޖަހާފައިވާ ފޯޓޯއާއި، ސޮޔާއި ފިންގަރޕްރިންޓު ނޫންކަން ކަށަވަރުވާ ކަމަށެވެ. އަދި އޭގައި ހެކީންގެ ގޮތުގައި ސޮއިކޮށް ފިންގަރޕްރިންޓު ޖަހާފައިވަނީ ވެސް އޭނާ ދަންނަ ބައެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ޝިފާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ޑިމޮކްރަސީގެ މި ނިޒާމް ކަށަވަރު ކޮށްދިން މުސްތަގިއްލު މުއައްސަސާ ތަކުގެ އިތުބާރު އުފެއްދުމަށް ފުލުހުންގެ ދައުރު ވަރަށްބޮޑު ކަމަށެވެ.

ގުޅުންހުރި ޚަބަރު