ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވެންނެތް: ސިޓީކައުންސިލް
ޚަބަރު

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވެންނެތް: ސިޓީކައުންސިލް

މމުހައްމަދު އަލީ7 ޖެނުއަރީ 2025
މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވެންނެތް ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީކައުންސިލުން ބުނެފައިވަނީ މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރިމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ. މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު