ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ހާލަތެއްގެ ސަބަބުން
ޚަބަރު

އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ހާލަތެއްގެ ސަބަބުން

މމުހައްމަދު އަލީ7 ޖެނުއަރީ 2025
މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށެވެ. އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސް ޕިކަޕެއްގައި ޖެހިގެންނެވެ. ޓެކްސީގެ ބައެއް ވަނީ ޕިކަޕާއެކު ތާށިވެފައެވެ. ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާ ކަމަށް އެއާޕޯޓު ކޮމްޕެނީން ވަނީ ބުނެފައެވެ. ޑްރައިވަރަށްދިމާވި  ސިއްހީމައްސަލައާ ބެހޭގޮތުން އެއާޕޯޓު ކޮމްޕެނީން އެއްޗެއް ބުނެފައެއް ނުވެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިންމީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އެކްސިޑެންޓު ހިނގި ވަގުތު ކާރުގެ ފަހަތުގައި އިންމީހާއަށް ފަރުވާދިނުމަށް އެއާޕޯޓު ކުލިނިކަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 9:45 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ކާރުގޮސް ޕިކަޕުގެ ފަހަތުގައި ޖެހިފައިވަނީ ރޯޑު ޑިވައިޑަރ ތަކާއި ވޭނެއްގައި ޖެހުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންދަނީ މި މައްސަލަ ބަަލަމުންނެވެ.

ގުޅުންހުރި ޚަބަރު